Last Updated: August 2, 11:51
Saturday, August 2, 2025
ޚަބަރު

އެއާޕޯޓްގައި ބަންގި އިވޭ ގޮތަށް ހެދުމުން ޝުކުރު

ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖެއްސުމާ ގުޅިގެން ރާއްޖޭގެ ދީނީ އިލްމުވެރިންތަކެއް އެ ނިންމުމަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ނަމާދު ވަގުތުތަކުގެ ބަންގި އާ ޓާމިނަލްގައި އިވޭ ގޮތަށް އިއްޔެ އަސްރު ވަގުތުން ފެށިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ އިއްޔެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު އެކަމަށް ޝުކުރު ދަންނަވައި ވިދާޅުވީ ބަންގި އަކީ އިސްލާމީ ހިދާޔަތު ރަމްޒުކޮށްދޭ ވަރަށް މަތިވެރި ޝިޢާރެއް ކަމަށެވެ.

ޝެއިހް އަހުމަދު ސަމީރު ވިދާޅުވީރާއްޖޭގެ މައިދޮރޯށި ކަމަށްވާ ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި ފަސްވަގުތު ބަންގީގެ އަޑު އިވޭގޮތަށް ރައީސުލް ޢިއްޒު ހަމަޖެއްސެވުމީ މި ޤައުމުގެ އިސްލާމީ ވަންތަކަން ހާމަކޮށް ދެއްވުމަށް އެޅުއްވި ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން ޝެއިގް ޝަފީއު އަބްދުﷲ ވެސް ވިދާޅުވީ ރައީސްގެ އެ ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.