ކައިވެނި ހަފުލާ އަށް ބޮޑު ޕާޓީއެއް ނުބާއްވާނެ ކަމަށާއި ބޭނުން ވަނީ ވަރަށް ސާދާކޮށް އެ ހަފުލާ ބާއްވަން ކަމަށް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް ބުނެފި އެވެ.
އޭނަ އާއި މިއުޒިކް ޕްރޮޑިއުސަރު ބެމީ ބްލާންކޯ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރެގައި އެންގޭޖްވެފައި އިރު، ވަރަށް އަވަހަށް ކައިބެނި ކުރާނެކަމުގެ އިޝާތާތްތަކެއް ވެސް ސެލީނާ އެކި ފަހަރު މަތިން ދިފައިވެ އެވެ އެގޮތުން މީޑީއަކަށް ދިން އިންޓަވިއުއެއްގައި އޭނަ ބުުނީ ބޮޑު ސިންގާ ކޭކަކާ އެކު ބޮޑު ކައިވެނި ޕާޓީއަކަށް އެއްވެސް އިރެއްގައި އުންމީދު ނުކުރާ ކަމަށެވެ.
"ބޭނުން ވަނީ ކައިވެނި ޕާޓީ، ހަމަ އާދައިގެ ގޮތަކަށް ބާއްވަން." ސެލީނާ ބުންޏެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަތަލާއެެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވާ ސެލީނާ 33، އާއި ބެނީ، 37، ކައިވެނި ކުރަން ހަމަޖެހިފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އަދި ކައިވެނި ހަފުލާ ބާއްވާނީ ކެލިފޯނިއާގެ މޮންޓެސީޓޯގަ އެވެ.