ކޮލޮންބޯ ޕްލޭން ސްކޮލާޝިޕްގެ ދަށުން ކޮރެއާގެ ކޭޑީއައި ސްކޫލް އޮފް ޕަބްލިކް ޕޮލިސީ އެންޑް މެނޭޖްމަންޓްގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހަ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އަންނަ އަހަރު ކިޔަވަން ފށަން އެތަނމުން ސްކޮލާޝިޕްގެ ފުރުސަތަކަށް ހުޅުވާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މާސްޓަ އޮފް ޕަބްލިކް ޕޮލިސީ، މާސްޓަ އޮފް ޑިވެލޮޕްމަންޓް ޕޮލިސީ، މާސްޓަ އޮފް ޕަބްލިކް މެނޭޖްމެންޓް، މާސްޓަ އޮފް ޑޭޓާ ސައިންސް ފޯ ޕަބްލިކް ޕޮލިސީ އެންޑް މެނޭޖްމަންޓް އަދި މާސްޓަ އޮފް އިންޓަލެކްޗުއަލް ޕްރޮޕަޓީ އެންޑް ޑިވެލޮޕްމަންޓް ޕޮލިސީ އެވެ.
މި ކޯސްތަކުގެ ޝަރުތުތަކުގެ ތެރޭގައި، ކޯހާއި ގުޅޭ ދާއިރާއަކުން ބެޗެލާސް ޑިގްރީ ހާސިލްކޮށްފައިވުމާއި ޕަބްލިކް ސެކްޓާގައި މަސައްކަތްކުރާ މީހަކަށް ވާން ޖެހުން ހިމެނެ އެވެ.
ސްކޮލަޝިޕްޔަކަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން މިމިނިސްޓްއިން ނޮމިނޭޓް ކުރާނެ އެވެ. އަދި ފައިނަލް ސިލެކްޝަން ހަދާނީ ކޮލަމްބޯ ޕްލޭނާއި، ކޭ.ޑީ.އައި ސްކޫލް އޮފް ޕަބްލިކް ޕޮލިސީ އެންޑް މެނޭޖްމަންޓުން ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
މިސްކޮލަޝިޕް ފުރުސަތުގެ ދަށުން އެޑްމިޝަން ފީ އާއި، ޓިއުޝަން ފީއާއި ސްޓައިޕެންޓް ކޭ.ޑީ.އައި ސްކޫލުން ދެއްވުމަށް ހަމަޖެހިފައިވާ އިރު ދެކޮޅު ޓިކެޓް ކޮލޮމްބޯ ޕްލޭނުން ހަމަޖައްސައި ދޭނެ އެވެ.
އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މި ޕޯޓަލް yedu.egov.v މެދުވެރިކޮށެވެ. ސުންގަޑި އަކީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.