Last Updated: July 24, 10:38
Friday, July 24, 2026
ޚަބަރު

ސޯބިރުގެ ޖަނާޒާ އަސުރަށް ފަހު

މިއަދު އަވަހާރަވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ސޯބިރުގެ ޖަނާޒާ މިއަދު އަސްރު ނަމާދަށް ފަހު ބާއްވަން ނިންމައިފި އެވެ.

ސޯބިރުގެ މައްޗަށް ކަށުނަމާދުކުރުން އޮންނާނީ އިސްލާމީ މަރުކަޒުގައެވެ. އަދި ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ގަލޮޅު ސަހަރާގަ އެވެ.

މިއަދު ހެނދުނު ސޯބިރު އަވަހާރަވީ ހުޅުމާލޭގެ ޓްރީ ޓޮޕް ހޮސްޕިޓަލްގައެވެ.

ދައުލަތަކަށް ވަރަށް ގިނަ ހިދުމަތްތަކެއް ދިގު މުއްދަތަކަށް ކުރައްވާފައިވާތީ މިހާރުގެ ސަރުކާރުން ސޯބިރަށް ޞާބިރަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އެރުވީ އިއްޔެ ބޭއްވި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.