Last Updated: July 31, 23:36
Thursday, July 31, 2025
ޚަބަރު

މާވަށުގައި މީހަކު މަރާލައިފި

ލ. މާވަށުގައި މީހަކަށް ވަޅިން ޙަމަލާދީ މަރާލައިފި އެވެ.

ފުލުހުން ބުނީމާވަށުގައި މީހަކަށް ތޫނު އެއްޗަކުން ޙަމާލާދީ މަރާލާފައި ވަނީ 29 އަހަރުގެ މީހެއް ކަމަށެވެ. އެއީ މާވަށު، ނަލަހިޔާ މޫސާ އިބްރާހިމް، 29، އެވެ.

ފުލުހުން ބުނީ މީހަކަށް ހަމަލާދިންކަމުގެ މަޢުލޫމާތު ލިބުނީ މިއަދު ހެނދުނު 10:12 އެހާކަށްހާ އިރު ކަމަށެވެ. އަދި ޒަހަމްކޮށްލި މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓާ ހަވާލާދީ ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މޫސަ މަރާލީ ރަށުން ބޭރު މީހެކެވެ. އަދި އެ މީހާ ހައްޔަރުކޮށް މައްސަލައިގެ ތަހުގީގު ފުލުހުން ވަނީ ފަށައިފަ އެެވެ.

މި މަހުގެ 13 ވަނަ ދުވަހުގެ ރޭ އއ. މާޅޮހުގައި ވެސް އަނިޔާވެރި ގޮތަކަށް 65 އަހަރުގެ ފިރިހެނަކު މަރާލާފައިވެ އެވެ.