Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

މާވަށުގައި ޒުވާނަކު މަރާލި މީހާ ހައްޔަރުކޮށްފި

ލ. މާވަށުގައި ވަޅިއަކުން ހަމަލާދީ ޒުވާނަކު މަރާލި ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

މާވަށު، ނަލަހިޔާ، މޫސާ އިބްރާހިމް، 29 ގެ ކަރަށް ވަޅި ހަރައި މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް، 29، އެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެ މާރާމާރީއަކީ ދެ މީހެއްގެ ދެމެދުގައި ހިނގާފައިވާ މާރާމާރީއެއް ކަމަށް ބެލެވޭ ކަމަށާއި ހަމަލާދިން ޒުވާނަ އަކީ މަސްތުވާތަކެތީގެ ރެކޯޑު ވެސް އޮންނަ މީހެއް ކަމަށެވެ.

މަރުވި މޫސަ މިހާރު ބާއްވާފައި އޮތީ މާވަށު ސިއްހީ މަރުކަޒުގަ އެވެ.

އޭނަ އަށް ވަޅިއަކުން ހަމަލާދިންކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 10:12 ހާއިރު އެވެ. އަދި މޫސަ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.