Last Updated: July 28, 22:20
Monday, July 28, 2025
ޚަބަރު

ގޭގެ ކޮޓަރިއެއްގައި ރޯކޮށްލި މީހަކު ހައްޔަރުކޮށްފި

އަމިއްލަ ގޭގެ ކޮޓަރިއެއްގައި އަލިފާން ރޯކޮށްލި މީހަކު އއ. އޮމަދޫން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭ މީހަކު އަޑު ގަދަކޮށް ހަޑި ހުތުރު ބަހުން މުއާމަލާތުކޮށް، ތަކެއްޗަށް ގެއްލުންދީ އޭނަ ދިރިއުޅޭ ގޭގެ ކޮޓަރިއެއްގައި އަލިފާން ރޯކޮށްލާފައިވާ ކަމަށް ބުނެ ރޭ ރިޕޯޓްކުރިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އޮމަދޫ، ސްޓެއްލާ އަހުމަދު ނާފިއު، 32، ކަމަށެވެ.

އޭނަ ކޮޓަރީގައި އަލިފާން ރޯކޮށްލުމުގެ ސަބަބުން، މީހަކަށް އަނިޔާނުވި ނަމަވެސް، ކޮޓަރީގައި ހުރި ގިނަ އަދަދެއްގެ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވަ ކަމަށް ފުލުހުން ބުންޏެވެ.

މި މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.