Last Updated: July 28, 22:20
Monday, July 28, 2025
ޚަބަރު

ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް މިއަދު ވައިޓް އެލާޓް ނެރެފި އެވެ.

ލ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް އެ އެލާޓް މިރޭ 7:45 އާ ހަމައަށް ނެރެފައިވާ އިރު، އެ ވަގުތާ ހަމައަށް ބޯކޮށް ވާރޭ ވެހި ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އެހެންވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައިވެ އެވެ. މިއީ ސްކޫލް ބަންދުތެރެ ކަމަށްވާތީ އެއް ރަށުން އަނެއް ރަށަށް ކަނޑުމަގުން ދަތުރުކުރާ މީހުން ވެސް ވަރަށް ބޮޑަށް އިތުރުވާނެތީ ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސް ދުވަސްވަރެކެވެ.