ކުރީގެ މިނިސްޓަރު ޙަސަން ސޯބިރު އަވަހާރަވުމާ ގުޅިގެން މާދަ މާއިން ފެށިގެން ތިން ދުވަހަށް ގައުމީ ދިދަ ބައި ދަނޑިއަށް ތިރިކުރާ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަމަޖައްސަވައިފިއެވެ.
އުމުރުން 74 އަހަރުގައި ސޯބިރު މިއަދު ހެނދުނު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާތާ ގިނަ ދުވަސްވީ ފަހުން، ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލްގަ އެވެ. އޭނަގެ ޖަނާޒާ އޮންނާނީ އަސްރު ނަމާދަށް ފަހު އެވެ. ސޯބިރުގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ އިސްލާމީ މަރުކަޒުގަ އެވެ.
ސޯބިރުގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދައުލަތަށް ގިނަ ދުވަހު ކޮށްދެއްވި ހިދުމަތްތަކާ ގުޅިގެން ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ޝަރަފު ސޯބިރަށް ސަަރުކާރުން އެރުވީ އިއްޔެ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.