ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔެކެއަށް ރަސްމީގޮތުން މަރުހަބާ ދަންނަވައިފި އެވެ.
ލަންކާގެ ރައީސަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ހަރަކާތުގައި އެ މަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ރައީސްގެ މަރުހަބާއަށް ފަހު ސްކޫލް ކުދިންގެ ހަރަކާތެއް ވަނީ ކުރިއަށްގެންގޮސްފަ އެވެ. އަދި 21 ބަޑީގެ އިއްޒަތް ވެސް ވަނީ އަރުވާފަ އެވެ.
ލަންކާގެ ރައީސްގެ އިސްތިގުބާލަށް ރާއްޖޭގެ މިނިސްޓަރުންނާއި މަޖިލިސް މެމްބަރުން އެ ސަރަހައްދަށް ވަޑައިގެން ތިއްބެވި އެވެ.
ރަސްމީ މަރުހަބާ ދެންނެވުމަށް ފަހު ރައީސް ވަނީ ހަތް ކޮޅުގައި ރައީސް އޮފީހަށް ވަޑައިގެންފަ އެވެ. އަދި ރައީސް އޮފީހަށް ވަޑައިގެން އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި މޯދީ ވަނީ ސޮއިކުރަައްވައިފަ އެވެ.