ކައިވެނި ޕާޓީއަކަށް ރާއްޖެ ވަޑައިގެން އުޅުއްވަނިކޮށް ސްރީ ލަންކާގެ ކުރީގެ ޔޫތު މިނިސްޓަރު ނަމާލް ރާޖަަކްސަ ހައްޔަރު ކޔރަން އެ ގައުމުގެ ހަމްބަންޓޯޓާ މެޖިސްޓްރޭޓް ކޯޓުން ނެރެފި އެވެ.
ނަމާލް އަކީ ކުރީގެ ރައީސް މަހިންދަ ރާޖަަޕަކްސަގެ ދަރިކަލެކެވެ.
އޭނަ ހައްޔަރު ކުރަން އަމުރެއް ނެރުނީ ރިޝްވަތުގެ މައްސަލައެއްގައި ކުރާ ދައުވާއަކާ ގުޅިގެން ކޯޓަށް ހާޒިރުވެވަޑައިނުގެންނެވުމުންނެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނަމާލް ރާއްޖެ ވަޑައިގެންނެވި އެ ގައުމުގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ ރަސްމީ ދަތުރެއްގައި މިއަދު ހެނދުނު ރާއްޖެ ވަޑައިގަތް ފްލައިޓްގަ އެވެ. އަދި އޭނަ ރާއްޖެ ވަޑައިގެންނެވީ އަމިއްލަ ދަތުރެއްގައި ކައިވެނީގެ ޕާޓީއަކަށް ހާޒިރުވާން ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.
އޭނަ އަކީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެކެވެ.
ނަމާލްގެ މައްޗަށް ދައުވާ މި އަހަރުހެ ޖެނުއަރީ މަހުގެ ތެރޭގައި އުފުލީ ރިޝްވަތު ނެންގެވުމަށްފަހު އިންޑިއާގެ ކްރިޝް ރިއަލް އެސްޓޭޓް ނަމަކަށް ކިޔާ ކުންފުންޏަކަށް، ކޮޅުނބުގެ އެންމެ އަގުބޮޑު ސަރަހައްދުން ބިމެއް ހަމަޖައްސައި ދީފައިވާތީ އެވެ. އަދި އެ ފައިސާ ދީފައި ވަނީ ލަންކާގައި ރަގްބީ ކުޅިވަރު ކުރިއަރުވަން ކަމަށް ބުނެ އެވެ.