Last Updated: July 29, 21:29
Tuesday, July 29, 2025
ރިޕޯޓް

ތައުބާ؛ ﷲ އުފާވެ ވޮޑިގަންނަވާ ކަމެއް!

ތައުބާވުމަކީ ތިމާ ކުރަމުންދާ ފާފަ ދޫކޮށް ﷲ ގެ މަގަށް ރުޖޫއަވުމެވެ. ކުރެވިފައިވާ ފާފައާ މެދު ހިތާމަކޮށް އަލުން އެފަދަ ކަމެއް ނުކުރުމަށް އަޒުމު ކަނޑައެޅުމެވެ. ހުއްދަ ނޫން ގޮތެއްގައި މީހެއްގެ ހައްގެއް ބޭނުންކޮށްފައިވާ ނަމަ އެ ހައްގެއް އަދާކުރުން ނުވަތަ އޭނާގެ ކިބައިން މާފު ހޯދުމެވެ އިންސާނުންނަކީ ނުހަނު ގިނައިން އެކި ކުށްތަކަށް އަރައިގަނެވޭ ބައެކެވެ. އެހެންކަމުން ގިނަ ގިނައިން ކުށުން ތައުބާ ވުމަކީ ކުރަން ޖެހޭ ކަމެކެވެ.

ތައުބާވާ މީހުން ދެކެ، ﷲ ލޯބިވެވޮޑިގަންނަވައެވެ. إِنَّ اللّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ މާނައަކީ: ”ހަމަ ކަށަވަރުން ﷲ ، އެ ކަލާނގެ ކިބައަށް ތައުބާވެގަންނަ މީހުން ދެކެ ލޯބިވެ ވޮޑިގަންނަވަތެވެ. އަދި ޠާހިރުވެ ސާފު ޠާހިރުކަން މަތީ، އުޅޭ މީހުން ދެކެވެސް އެކަލާނގެ ލޯބިވެ ވޮޑިގަންނަވާމެއެވެ.” (އަލްބަޤަރާ 222)

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((إِنَّ مَثَلَ الَّذِي يَعْمَلُ السَّيِّئَاتِ، ثُمَّ يَعْمَلُ الْحَسَنَاتِ كَمَثَلِ رَجُلٍ كَانَتْ عَلَيْهِ دِرْعٌ (لباس من حديد يرتديه المقاتل) ضَيِّقَةٌ قَدْ خَنَقَتْهُ، ثُمَّ عَمِلَ حَسَنَةً فَانْفَكَّتْ حَلَقَةٌ، ثُمَّ عَمِلَ أُخْرَى فَانْفَكَّتْ حَلَقَةٌ أُخْرَى، حَتَّى يَخْرُجَ إِلَى الأَرْضِ)) [رواه الطبراني في الكبير، صحيح الجامع ٢١٩٢] މާނައީ: ހަމަކަށަވަރުން ފާފަތައްކުރުމަށް ފަހު ހެޔޮ ޢަމަލުކުރާ މީހުންގެ މިޘާލަކީ އޭނާ ހާސްވާ ވަރަށް ބާރުވެފައިވާ دِرْع އެއް (ދަހަނާއެއް) އަޅައިގެން ހުރި މީހެއްގެ މިޘާލެވެ.( دِرْع އަކީ ދަގަނޑުން ހަދާފައިހުންނަ، ހަނގުރާމަވެރިން އަޅާ ހެދުމެވެ.) ދެން އޭނާ ހެޔޮކަމެއް ކުރުމުން އޭގެ އެއްބޮޅު ލުހުނެވެ.

ދެން އެހެންކަމެއް ކުރުމުން އެހެން ބޮޅެއްވެސް ލުހުނެވެ. އެބިމަށް (ވެއްޓި) އޭގެ ވެރިމީހާއަށް ނުކުމެވެންދެނެވެ.”

لَلَّهُ أَشَدُّ فَرَحًا بِتَوْبَةِ عَبْدِهِ حِينَ يَتُوبُ إِلَيْهِ، مِن أَحَدِكُمْ كانَ علَى رَاحِلَتِهِ بِأَرْضِ فلاةٍ، فَانْفَلَتَتْ منه وَعَلَيْهَا طَعَامُهُ وَشَرَابُهُ، فأيِسَ منها، فأتَى شَجَرَةً، فَاضْطَجَعَ في ظِلِّهَا، قدْ أَيِسَ مِن رَاحِلَتِهِ، فَبيْنَا هو كَذلكَ إِذَا هو بِهَا، قَائِمَةً عِنْدَهُ، فأخَذَ بِخِطَامِهَا، ثُمَّ قالَ مِن شِدَّةِ الفَرَحِ: اللَّهُمَّ أَنْتَ عَبْدِي وَأَنَا رَبُّكَ، أَخْطَأَ مِن شِدَّةِ الفَرَحِ.
ﷲ ތަޢާލާ އެންމެ އުފާވެ ވޮޑިގަންނަވަނީ އެކަލާނގެ އަޅާ އެކަލާނގެއަށް ތައުބާވާހިނދުގައެވެ. ރަސޫލާ صلى الله عليه وسلم ކުޑަކުޑަ މިސާލެއް ޖެއްސެވިއެވެ. ދަތުރަކު ނުކުތް މީހެކެވެ. އޭނާ އާއި އެކު މުދާތަކާއި ދަތުރުގެ ކޮށްތު އަރުވާފައިވާ ސަވާރީވެއެވެ. ދަތުރުގެ ވަކި ހިސާބަކުން އޭނާގެ ސަވާރީ ގެއްލި، އޭނާއަށް ވަރަށް ބޮޑު މާޔޫސްކަމެއް ލިބުނެވެ. ސަލާމަތުން ކައިރި މަންޒިލަކަށް ދެވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތުމުން، އޭނާ ގަހެއްގެ ހިޔަލުގައި އިށީނދެއްޖެ އެވެ. އިށީނދެ އިންދާ އޭނާއަށް ނިދި ޖެހިއްޖެއެވެ. ނިދާފައި ހޭލެވުނު އިރު އޭނާގެ ކައިރީގައި އޭނާގެ ސަވާރީ އޭނާގެ މުދަލާއި ދަތުރުގެ ކޮށްތާއި އެކުގައި ވާތަން ފެނުނެވެ. އޭނާއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން އޭނާ އަށް ބުނެވުނެވެ. اللهم أنت عبدي وأنا ربك އިބަރަސްކަލާނގެ އީ ތިމަންނާގެ އަޅެވެ. އަދި ތިމަންނާއީ އިބަރަސްކަލާނގެ ރައްބެވެ. އޭނާއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން ޚާލިޤާއި މަޚްލޫޤް އޮޅުނީ އެވެ.

((إِنَّ مَثَلَ الَّذِي يَعْمَلُ السَّيِّئَاتِ، ثُمَّ يَعْمَلُ الْحَسَنَاتِ كَمَثَلِ رَجُلٍ كَانَتْ عَلَيْهِ دِرْعٌ (لباس من حديد يرتديه المقاتل) ضَيِّقَةٌ قَدْ خَنَقَتْهُ، ثُمَّ عَمِلَ حَسَنَةً فَانْفَكَّتْ حَلَقَةٌ، ثُمَّ عَمِلَ أُخْرَى فَانْفَكَّتْ حَلَقَةٌ أُخْرَى، حَتَّى يَخْرُجَ إِلَى الأَرْضِ)) [رواه الطبراني في الكبير، صحيح الجامع ٢١٩٢]

“ހަމަކަށަވަރުން ފާފަތައް ކުރުމަށްފަހު ހެޔޮ ޢަމަލުތައް ކުރާމީހުންގެ މިސާލަކީ ގަޔަށް ބާރު ދަހަނާއެއް އަޅައިގެން ހުރި މީހެއްގެ މިސާލެވެ. ދެން އޭނާ ހެޔޮ ޢަމަލެއް ކުރުމުން އެ ދަހަނާގެ އެއް ބޮޅު ލުހުނެވެ. ދެން އެހެން ކަމެއް ކުރުމުން އެހެން ބޮޅެއްވެސް ލުހުނެވެ. އެ ދަހަނާ ބިމަށް ވެއްޓި އޭގެ ވެރިމީހާއަށް ނުކުމެވެންދެނެވެ.”ނަބަވީ އިރުޝާދު

މަސްދަރު: އިލްމު.އެމްވީ