ރޭ ވަގުތެއްގައި އިންޑިއާގެ ނިކޮބާ އައިލެންޑްސް ކައިރިއަށް ރެކްޓާ މިންގަނޑުން 6.2 ބާރުމިނުގައި ރޭ އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރި ކަމަށް މޫސުމާ ބެހޭ އިދާރާ އިން އެވެ.
އެތަނުން ބުނީ ރޭ 11:41 ގައި އައި އެ ބިންހެލުމާ ގުޅިގެން މާލެ އާއި ހުޅުމާލެ އަށް އަސަރުކުރި ކަމަށެވެ. އެގޮތުން ގދ. ކާޑެއްދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑް ކުރާ މީޓަރަށް ރޭ 11:48 ހާއިރު ލޮޅުމެއްގެ އަސަރު ރެކޯޑް ކުރެވިފައިވާ ކަމަށް ވެސް މެޓުން ބުންޏެވެ.
ނިކޮބާ އައިލެންޑްސް އަކީ ރާއްޖެއާ 2،275 ކިލޯމީޓަރު ދުރުގައި އޮންނަ ތަނެކެވެ.
ރޭގެ ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި އެ ބިންހެލުމާ ގުޅިގެން ސުނާމީއެއްގެ އިންޒާރު ވެސް ބިންހެލުން އައި ސަަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން ނެރެފައިި ނުވާކަން މެޓުން ފާހަގަކުރި އެވެ.
ރޭ ބިންހެލުމުގެ ސަބަބުން އިންޑިއާ ކަނޑުގެ އެއްވެސް ގައުމަކަށް ވެސް ނުރައްކަލެއް ނެތް ކަމަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓް ވެސް ކޮށްފައިވެ އެވެ.