މާލެ އަތޮޅު ފޭދޫފިނޮޅުގައި ތަރައްގީކުރި ދުސިތު ޑީ2 ފޭދޫ މޯލްޑިވްސް ރިސޯޓު ހުޅުވައިފި އެވެ.
މި ރިސޯޓް ޖުލައި މަހުގެ ތެރޭގައި ހުޅުވާނެކަން ކުރިން ވެސް އޮތީ އިއުލާންކޮށްފަ އެވެ.
ތައިލެންޑްގެ މަޝްހޫރު ހޮސްޕިޓާލިޓީ ކުންފުނިމ ދުސިތު އިންޓަނޭޝަނަލް އިން ތަރައްގީކުރި މި ރިސޯޓަކީ 127 ވިލާ ގެ ތަނެކެވެ. އޭގެތެރޭގައި ބީޗް ފްރޮންޓް ވިލާތަކާއި އޯވަ ވޯޓާ ވިލާތައް ވެސް ހިމެނެއެވެ. އަދި ދުނިޔޭގެ އެކި ހިސާތަކުގެ ކެއުންތައް ލިބޭ ފަސް ރެސްޓޯރެންޓާއި، ސްޕާގެ ޚިދުމަތުގެ އިތުރުން ކިޑްސް ކްލަބެއް ދުސިތު ޑީ ގައި ހިމެނެ އެވެ. މީގެ އިތުރުން ދުސިތި ޑީ2 ގައި އަމިއްލަ ޝިޕްރެކަކާއި ޑައިވިން ކޭވްއަކާއި ހާއްސަ ތިން ބީޗް ވެސް ހިމެނެ އެވެ.
މި ރިސޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ލޯންޗްގައި ފުރައިގެން އެންމެ ހަތް މިނިޓެއްހާ ވަގުތުގެ ތެރޭގައި ދެވޭހާ ކައިރީގައި އޮތް ރިސޯޓެކެވެ.
ދުސިތު އިންޓަނޭޝަނަލް ބުރޭންޑުގެ ރިސޯޓެއް މިހާރު ވެސް ރާއްޖޭގައި އަންނަނީ ހިންގަމުންނެވެ. އެއީ ބ. މުއްދޫގައި ހިންގަމުން އަންނަ ދުސިތު ތާނީ މޯލްޑިވްސް އެވެ.