ހުޅުމާލޭގެ އުމަރު ޒާހިރު އޮފީސް ބިލްޑިންގުގައި ހިންގަމިން އަންނަ ޓްރާންސްޕޯޓް މިނިސްޓްރީގެ ސާވާއަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެތަނުގެ ހިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑިޖެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެކަން ދިމާވީ ޓެކްނިކަލް މައްސަލައަކުން ކަމަށާއި އެކަން ހައްލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ކަމަށެވެ.
"މިވަގުތު އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުން މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދޭ. މި ދަތި ވަގުތުގައި ތިޔަ އެންމެހައި ބޭފުޅުން ދެއްވާ އެއްބާރުލެއްވުމާއި ކެތްތެރިކަމަށްޓަކައި އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. މިނިސްޓްރީން ސޯޝަލް މީޑިއާގައި ބުންޏެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ސާވާ އަށް މައްސަލައެއް ޖެހި ހިދުމަތްތައް މެދުކެނޑުނު އިރު، އެ މިނިސްޓްރީ ހުރިހާ ހިދުމަތެއްހެން ދެމުން އަންނަނީ އޮންލައިންކޮށެވެ.