Last Updated: August 2, 11:51
Saturday, August 2, 2025
ޚަބަރު

ލަވަ ހަދަން ދަސްކޮށްދޭ ކޯހަކަށް ހުޅުވާލައިފި

ޅެންވެރިޔާ އަދި ކުރީގެ ޑައިރެކްޓަރު އީސާ ޝަރީފް.

ރާއްޖޭގެ މަޝްހޫރު ދެ ފަންނާނަކު ހިއްސާވެގެން ބާއްވާ ލަވަ ހަދަން ދަސްކޮށް ދިނުމުގެ ކޯހެއްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ދިވެހި ސިނަމާގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ފަތިސްހަނދުވަރު" ގެ ޑައިރެކްޓަރު އަދި މަގުބޫލު އެތައް ލަވައެއްގެ ޅެން ހަދާފައިވާ އީސާ ޝަރީފާއި ތަޖުރިބާކާރު ލަވަކިޔުންތެރިޔާ އަބްދުލް ހައްނާން މޫސާދީދީ ގުޅިގެން ހިންގާ ރީތިކޮށް ލަވަ ހަދަން ދަސްކޮށް ކޯސް ފަށަން ހަމަޖެހިފައި ވަނީ މާދަމާ ރެ އެވެ.

އެހެންވެ ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް އެ އެ ފުރުސަތު މިހާރު އޮތީ ހުޅުވާލައިފަ އެވެ. ކޯހުގެ ފީ އަކީ 599ރ. އެވެ. މި ކޯހާ ބެހޭ އިތުރު މައުލޫމާތު 9922668 އިން ހޯދޭނެ އެވެ.