Last Updated: August 2, 11:51
Saturday, August 2, 2025
މުނިފޫހިފިލުވުން

ކިޔު ކީ ސާސް ބީ 2' ގެ ޕްރީމިއާ މިރޭ

"ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ" ގެ އާ ސީޒަން މިރޭ ޕްރީމިއާ ކުރަން ތައްޔާރުވެއްޖެ އެވެ.

ސްޓާ ޕްލަސް އިން ގެނެސްދޭ މި ސިލްސިލާ ދައްކަން ފަށާނީ މިރޭ ރާއްޖެ ގަޑިން 10:00 ގަ އެވެ.

"ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ" ގެ ދެވަނަ ސީޒަން ބެލުންތެރިންނަށް މި ގެނެސްދެނީ ފުރަތަމަ ސީޒަން ނިންމައިލިތާ 17 އަހަރު ފަހުންނެވެ. މީގެ ފުރަތަމަ ސީޒަނަކީ ސްޓާ ޕްލަސް އިން ޖުލައި 3، 2000 އިން ފެށިގެން ނޮވެމްބަރު 6، 2008 އާ ހަމައަށް ގެނެސްދިން ސިލްސިލާއެކެވެ.

އެ މުއްދަތުގެ ތެރޭގައި އޭގެ 1،833 އެޕިސޯޑް ގެނެސްދީފައިވެ އެވެ.

"ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ" ގެ އާ ސީޒަންގެ ވެސް މައިގަނޑު ތަރި އަކީ ކުރީގެ ސީޒަންގައި ވެސް ތުލްސީ ވިރާނީގެ ކެރެކްޓާ ކުޅުނު ސުމިރުތީ އިރާނީ އެވެ. އާ ސީޒަނުން އޭނައާ އެކު ކުރީގެ ސީޒަންގެ ބައެއް ކާސްޓުންނާއި އާ ކާސްޓުންތަކެއް ވެސް ފެންނާނެ އެވެ.