ހުޅުމާލެ ހޮސްޕިޓަލްގެ އައިނު ފިހާރަ އަންން މަހުގެ ތެރޭގައި ހުޅުވަން ނިންމައިފި އެވެ.
އައިޖީއެމްއެޗްގައި އައިނި ފިހާރަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ ހުޅުމާލޭގެ ރައްޔިތުނަށް ފަސޭހައިން އައިނު ހެއްދުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ހުޅުމާލޭ ހޮސްޕިޓަލުގައި އަންނަ މަހުގެ ތެރޭގައި އައިނު ފިހާރަ ހުޅުވަން ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
ހަލީލު ވިދާޅުވި ގޮތުުގައި އަދި އަތޮޅުތެރޭގެ ފަސް ރީޖަނަލް ހޮސްޕިޓަލްގައި ވެސް އައިނުގެ ޚިދުމަތް ފޯރުކޮށް ދޭނެ ކަމަށެވެ.
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ އައިނު ފިހާރަ، 'އެމްސީޖީއެޗް އޮޕްޓިކަލްސް' ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައި ދެއްވީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެތަނުން ލޮލުގެ ނަންބަރު ނެގުމާއި، ލޮލުގެ ބައެއް ބަލިތައް ދެނެގަތުމާއި، އައިނު ހެއްދުމުގެ ހިދުމަތް ފޯރުކޮށް ދެ އެވެ.