Last Updated: August 2, 11:51
Saturday, August 2, 2025
ޚަބަރު

މޫސަ މަރާލި މީހާ ޝަރީއަތް ނިމެންދެން ބަންދަށް

ލ. މާވަށުގައި އިއްޔެ ވަޅިއަކުން ހަމަލާދީ އެ ރަށު މޫސާ އިބްރާހީމް މަރާލި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މާވަށު. ނަލަހިޔާ، މޫސަ، 29 މަރާލި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް، 29، އެވެ.

ޝަރީއަތް ނިމެންދެން އޭނަ ބަންދުކޮށްފައިވާ އިރު، ފުލުހުން ބުނެފައި ވަނީ މޫސަ އަށް މުހައްމަދު ހަމަލާ ދިނީ ދެ މީހުންގެ މެދުގައި ހިނގި މާރާމާރީއެެއްގައި ކަމަށެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މޫސަ އަށް މުހައްމަދު ހަމަލާ ދިނީ އޭނަ ވިއްކި މަސްތުވާތަކެއްޗަށް ދޭން ޖެހޭ ފައިސާ ނުދީގެން ދެ މީހުންގެ މެދުގައި ހިނގި އަރާރުމަކަށް ފަހު އެވެ.

މޫސަ އަށް ވަޅިން ހަމަލާ ދީފައި ވަނީ އޭނަގެ ފުރަގަހުން ކަރަށެވެ. މި ހާދިސާ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، އިތުރު ތަހުލީލުތަކަށް މޫސަގެ ހަށިގަނޑު މިހާރު އޮތީ މާލެ ގެނެސްފަ އެވެ.

އޭނަ މަރާލި ހާދިސާ ހިނގާފައި ވަނީ އިއްޔެ ހެނދުނު އެވެ.