Last Updated: August 2, 11:51
Saturday, August 2, 2025
ޚަބަރު

މުޅި ރާއްޖެ ވައިޓް އެލާޓްގައި

ބޯކޮށް ވާރޭ ވެހޭނެތީ މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ މިރޭ 8:00 ހަމައަށެވެ. އެގޮތުން އެ ވަގުތާ ހަމައަށް ބޯކޮށް ވާރޭ ވެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މި ދުވަސްވަރަކީ މުޅި ރާއްޖެ އަށް ވެސް ވިއްސާރަ ދުވަސްވަރަކަށްވާތީ މޫސުން ބަލައިގެން ކަނޑު ދަތުރުކުރުމުގައި ސަމާލުވާން ވެސް ކަމާބެހޭ ފަރާތްތަކުން އެދިފައިވެ އެވެ.