Last Updated: August 2, 11:51
Saturday, August 2, 2025
ޚަބަރު

އިންޑިއާ އިން ފިޔާ ޝިޕްމަންޓެއް ގެންނަނީ

ރާއްޖެ އެތެރެކޮށްފައިވާ ފިޔާތަކެއް - ފޮޓޯ: އަވަސް

އިންޑިއާއިން ފިޔާ ޝިޕްމަންޓެއް ގެނައުމުގެ މަސައްކަތް އެސްޓީއޯ އިން ފަށައިފި އެވެ.

އެސްޓީއޯ އިން ބުނީ ފިޔާ ލިބުމުގެ ދަތިކަން ހައްލުކުރަން ފިޔާ ޝިޕްމަންޓެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ފިޔާ ޝިޕްމަންޓް ގެންނަން މަސައްކަތް ކުރަނީ އިންޑިއާ އިން ކަމަށެވެ.

ރާއްޖެއަށް ފިޔާ ލިބުމުގައި ދަތިވެފައިވަނީ މިދުވަސްވަރު މޫސުން ގޯސްވުމުން ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުން ދަތިވުމުން ފިޔާގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިގެން ގޮސްފަ އެވެ.

އާންމުކޮށް ބާޒާރުގައި އާންމުން ބޭނުންކުރާ ބާވަތްތައް ލިބުން ދަތިވުމުން އެސްޓީއޯ އިން މީގެކުރިން ވެސް އެކަމަށް ހައްލު ގެނެސްދީފައިވެ އެވެ.