Last Updated: August 2, 11:51
Saturday, August 2, 2025
ޚަބަރު

ބޮޑުކުރި މުސާރަ ފުލުހުންނަށް ނުލިބޭ ވާހަކަ އަކީ ދޮގެއް

ބޮޑުކުރި މުސާރަ ފުލުހުންނަށް ހަމައަށް ނުލިބޭ ކަމަށް ބުނެ ފަތުރަނީ ދޮގެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ 2024ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން، ސަރުކާރުން ކަނޑައެޅުއްވި ގޮތަށް، ބޮޑުކުރި މުސާރަ އެއްވެސް އުނި އިތުރެއް ނެތި ފުލުހުންނަށް ދެމުންދާ ކަމަށެވެ.

ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތަކީ އާއްމު ފުލުހުންނާ ޚިލާފަށް، އެ ޚިދުމަތަށް އެދޭ ފަރާތްތަކާއެކު ހެދޭ އެއްބަސްވުމެއްގެ ދަށުން ދެވޭ ޚިދުމަތެއް ކަމަށާއި އެހެންކަމުން ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތަށް އެދޭ ފަރާތްތަކާއެކު ހަދާފަވާ ކޮންޓްރެކްޓްގެ ދަށުން، އެކަމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންނަށްވެސް މުސާރަ ދިނުމުގައި އަމަލުކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

އަދި ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތަށް އެދޭ ފަރާތްތަކާއެކު އަލަށް ވެވޭ އެއްބަސްވުންތަކުގެ ދަށުން، އިތުރުކުރެވިފައިވާ މުސާރަވެސް ދެމުންގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.