Last Updated: June 4, 17:38
Thursday, June 4, 2026
ޚަބަރު

މާދަމާ ހިޔާ ޓަވަރު 1 އިން މާދަމާ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މުހިންމު މަސައްކަތްތަކެއް ކުރާތީ ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ހިޔާ ޓަވަރު އެކަކުން މާދަމާ ހެނދުނު ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި ސްޓެލްކޯއިން ކުރަންޖެހޭ މުހިންމު މަސައްކަތެއް މާދަމާ ހެނދުނު ކުރިއަށްދާނެ ކަމަށާއި، އަދި މި މަސައްކަތް ކުރިއަށްދާނީ އެކި ދުވަސްތަކަށް ބަހާލައިގެން ކަމަށެވެ.

ހިޔާގެ ފުރަތަމަ ޓަވަރުގައި މި މަސައްކަތް ކުރުމަށްޓަކައި މާދަމާގެ ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދު، އެ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުންވެސް ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން އިތުރަށް ބުނީ ކަރަންޓް ކެނޑުމުން ދިމާވާނެ ދަތިތަކަށްޓަކައި ކަސްޓަމަރުންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދޭކަމަށެވެ.