Last Updated: August 2, 11:51
Saturday, August 2, 2025
ޚަބަރު

ނިމިދިޔަ ދެމަހުގެ ބައެއް ކަރަންޓުބިލްތައް އެއްވަރުވި ސަބަބު ސްޓެލްކޯއިން ސާފުކޮށްދީފި

ނިމިދިޔަ ދެމަހުގެ ކަރަންޓު ބިލް އެއްވަރުވި ސަބަބު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ސާފުކޮށްދީފިއެވެ.
ސްޓެލްކޯއިން ބުނީ މިއަހަރުގެ މާރިޗު މަހުގެ (ރަމަޟާން މަހުގެ) ކަރަންޓު ބިލުތަކަށް ދިން ޑިސްކައުންޓް، އެޕްރީލް މަހުގެ ބިލުތަކަށްވެސް ދީފައިވާކަމަށެވެ.

ސްޓެލްކޯއިން ބުނީ މިގޮތަށް ނިންމާފައި ވަނީ އެޕްރީލް މަހަކީ އާދަޔާ ޚިލާފަށް ހޫނުގަދަ މަހަކަށް ވާތީވެ ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.

މި ޑިސްކައުންޓްގެ ސަބަބުން، ބައެއް ކަސްޓަމަރުންގެ އޭޕްރީލް މަހުގެ ބިލުގެ ޖުމްލަ އަދަދު، މާރިޗު މަހުގެ ބިލާ އެއްވަރުވެފައިވާނެކަމަށް ސްޓެކޯއިން ބުންޏެވެ.

"ބައެއް ބިލްތަކުގައި ބިލް އަމައުންޓު (ފައިސާގެ އަދަދު) މާރިޗު މަހުގެ (ރަމަޟާން މަހު) ބިލާއި ސީދާ އެއް އަދަދެއްގެ ގޮތުގައި އޮތީ މިދެންނެވި ލުއި ދިނުމުން ކަމުގައި ދެންނެވީމެވެ." ސްޓެލްކޯއިން ބުންޏެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު މި އައި ދެ ރޯދަމަހުވެސް ކަރަންޓް ބިލުން ވަނީ ޑިސްކައުންޓެއް ދީފައެވެ. ކުރީއަހަރުގެ ރަމަޟާން މަހުގެ ކަރަންޓް ބިލަށް ޑިސްކައުންޓު ދެވުނު ގޮތާއި ގުޅިގެން އާއްމުންގެ ސަކުވާ ބޮޑުވުމާއި އެކު ނިމިދިޔަ (މިއަހަރުގެ) ރަމަޟާން މަހުގެ ކަރަންޓު ބިލަށް ޑިސްކައުންޓު ދޭނެގޮތް ސްޓެލްކޯއިން ވަނީ ކުރިއާލައި ރައްޔިތުންނަށް އޮޅުން ފިލުވައި ދީފައެވެ. އަދި ނިމިދިޔަ ރަމަޟާންމަހުގެ ކަރަންޓަށް ބިލްކޮށްފައި ވަނީ ހަމައެކަނި ރަމަޟާން މަހަށް ހިނގި ކަރަންޓް ރީޑިންގއަށް ބަލައިގެންނެވެ.