Last Updated: August 2, 13:27
Saturday, August 2, 2025
ދުނިޔެ

ރަޝިއާ ސަރަހައްދަށް ބިންހެލުމެއް، ސުނާމީގެ އިންޒާރު ނެރެފައި

ރަޝިއާ ސަރަހައްދަށް މިއަދު އައި ވަރުގަދަ ބިންހެލުމަކާ ގުޅިގެން ބައެއް ގައުމުތަކަށް ސުނާމީގެ އިންޒާރު ނެރެފި އެވެ.

މިއަދު ހެނދުނު ރިކްޓާ މިންގަނޑުން 8.8 ބާރުމިނުގައި ބިންހެލުން އައިސްފައި ވަނީ ރަޝިއާގެ ކަމްޗަޓްކާ ސަރަހައްދަށެވެ.

އެ ސަރަހައްދށް ބޮޑެތި ގެއްލުންތަކެއް ލިބުނު މި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރެފައިވާ ގައުމުތަކުގެ ތެރޭގައި ޖަޕާން، ޗައިނާ، ފިލިޕިންސް، އިންޑޮނީޝިއާ، އިކުއެޑޯ، ކޮސްޓަ ރިކާ އަދި އެމެރިކާ ހިމެނެ އެވެ. މީގެ ތެރެއިން ބައެއް ތަންތަނަށް މިހާރު ސުނާމީ އަރަން ފަށާފައިވާ ކަމަށް ވެސް މީޑިއާތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ.

ބިންހެލުމާ ގުޅިގެން ދިން ސުނާމީގެ އިންޒާރާ އެކު 13 އެއްހާ ފޫޓް އުސްމިނުގައި ރާޅުއަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އެހެންވެ ސުނާމީ އިންޒާރު ނެރުނު ގައުމުތަކުން އަންނަނީ މިކަމަށް މިހާރު ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.