Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

މުބީން އާރްއޭސީއެލުން އިސްތިއުފާ ދީފި

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނަ އިސްތިއުފާ ދެއްވީ ދިނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ދަށަށް އާރްއޭސީއެލް ބަދަލުކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާތީ އެވެ.

މުބީން އާރްއޭސީއެލުން އިއްޔެ އިސްތިއުފާ ދެއްވި އިރު، އެ ކުންފުނިން މި މަހުގެ މެދުތެރޭގައި އޭނަގެ ފެއާވެލް ހަފުލާއެއް ވެސް ބާއްވާފައިވެ އެވެ.

މުބީން އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބިލެތްދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އަދި މިހާރު އޭނަ އަކީ
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަނެވެ.