ޓްރާންސްޕޯޓް މިނިސްޓްރީގެ ސާވާއަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުއްޓުމަކަށް އައި މިނިސްޓްރީގެ އޮންލައިން ހުރިހާ ހިދުމަތްތަކެއް އަލުން މިއަދު ދޭން ފަށައިފި އެވެ.
މިކަމާ ގުޅޭ ގޮތުން މިނިސްޓްރީން މިއަދު ބުނީ އިއްޔެ ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް ކުރިޔއެކޭ އެއްގޮތަށް ޚިދުމަތް ފޯރުކޮށް ދެމުން އަންނަ ކަމަށެވެ.
"މި އުދަނގޫ ވަގުތުގައި ތިޔަ ޢާންމު ރައްޔިތުންގެ ފަރާތުން ދެއްވި އެއްބާރުލެއްވުމާއި، ކެތްތެރިކަމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން." މިިނިސްޓްރީން ބުންޏެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ހިދުމަތްތަކެއްހެން ދެނީ އޮންލައިންކޮށެވެ.