Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

މައުރޫފް އެޗްޑީސީން އިސްތިއުފާ ދީފި

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އޭނަ އެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ގަ އެވެ.

މައުރޫފް އެޗްޑީސީގެ މަގާމުން އިސްތިއުފާ ދެއްވި އިރު، އޭނަ ރިޓަޔަކުރައްވަން އުޅުއްވާކަން ދާދި ފަހުން ކުންފުނީގެ މުވައްޒަފުންނާ ހިއްސާކުރައްވާފައިވެ އެވެ.

ކުރިން ވެސް އެޗްޑީސީގެ އިސް މަގާމުތަކެއް ފުރުއްވި މައުރޫފަކީ ކުރިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.