Last Updated: August 2, 11:51
Saturday, August 2, 2025
ޚަބަރު

އިންޖީނު ހުއްޓުނު ބޯޓެއްގައި ތިބި ބަޔަކު ނައިފަރަށް

ސާޅީސް މީހުންނާ އެކު މާލެއިން ޅ. ނައިފަރަށް ދަތުރުކުރި ބޯޓެއްގެ އިންޖީނު މިއަދު ހުއްޓުމާ ގުޅިގެން އޭގައި ތިބި މީހުން ނައިފަރަށް ގެންގޮސް ދިނުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.

އެތަނުން ބުނީ ކާށިދޫގެ އިރުން އިންޖީނު ހުއްޓުމާ ގުޅިގެން، 'ލައިފްލައިން' ބޯޓުގައި ތިބި އަންހެނުންނާއި ކުޑަކުދިން ނައިފަރަށް ގެންގޮސްދިނުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަން އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ބޯޓްގައި މީހުން ނައިފަރަށް ގެންގޮސްދިނުމުގައި ހަރަކާތްތެރި ވަނީ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ދެ ހާބަރކްރާފްޓް ލޯންޗަކާއި، ކޯސްޓްގާޑުގެ ގަލްފްކްރަފްޓް ލޯންޗެއް ކަމަށެވެ.

ބޯޓްގެ އިންޖީނު ހުއްޓުނު ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ މިއަދު ހެނދުނު 08:15 ހާއިރު އެވެ.