Last Updated: August 2, 11:51
Saturday, August 2, 2025
ޚަބަރު

ދެއްވަދޫ ބަނދަރު ތަރައްގީ ކުރަން އެމްޓީސީސީ އަށް

ގއ. ދެއްވަދޫ ބަނދަރު ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އެމަޝްރޫއު އެ ކުންފުންޏާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޕިއުޓީ މެނޭޖިން ޑިރެކްޓަރު، އަހުމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު، ހަސަން ރަޝީދެވެ.

މި މަޝްރޫއުގައ 60،672 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ފަޅު ފުންކުރުމާއި، 95،194 ކިއުބިކް މީޓަރުގެ ސަރަހައްދަކަށް ވެލި އެޅުމާއި، 29 މީޓަރުގެ ބޭރު ތޮއްޓެއްލުމާއި، 407 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި، 1،256 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 20 މީޓަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 1،980 އަކަ މީޓަރުގެ ޕޭވްމެންޓެއް ހެދުމުގެ މަސައްކަތް ހިމެނެ އެވެ.

ޖާގައިގެ ތާށިކަމާ ހެދި ދެއްވަދޫ ބަނދަރު އިތުރަށް ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލުކުރީ މަސައްކަތް ފަށާތާ 630 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 103.09 މިލިއަން ރުފިޔާއަށެވެ.