Last Updated: July 13, 06:07
Monday, July 13, 2026
ޚަބަރު

އުމްރާއަށް ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެ

ފޮޓޯ: ހައްޖު ކޯޕަރޭޝަން

އުމްރާއަށް ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެ އެވެ.

ނިޔާވެފައިވަނީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދިޔަ ރ. ފައިނަށް ނިސްބަތްވާ މަރިޔަމް ޝިޔާމާ އެވެ. ނިޔާވި ސަބަބެއް އެނގިފައެއް ނުވެ އެވެ.

ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވަނީ އެ ކުންފުނީގެ ނަމުގައި ޝިޔާމާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.

މިދިޔަ ހަފްތާގައި ވެސް ރާއްޖޭން އުމްރާގެ އަޅުކަމަށް ދިޔަ މީހަކު ވަނީ ނިޔާވެފަ އެވެ.