Last Updated: August 2, 11:51
Saturday, August 2, 2025
ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 14 އަހަރަށް ޖަލަށް

ކްރިމިނަލް ކޯޓު --

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަން ސާބިތުވި މީހަކަށް 14 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.

މި މައްސަލައިގައި ކުރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ޖަމާލް އުއްޑިން ކިޔާ ބަނގްލާދޭޝް މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ސާބިތުވީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދައުވާ އެވެ.

ކުރިމިނަލް ކޯޓުން ވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިންވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ނ)ގެ ދަށުން، ޖަމާލް އުއްޑިން 14 އަހަރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.

މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ، މި މައްސަލައާ ގުޅޭ އެއްވެސް ތަފުސީލެއް ކްރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެ އެވެ.