ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސަލް އެންޓަޓައިންމަންޓްގެ އެކްޝަން ތުރިލާއަކަށް ސަނީ ޑިއޯލް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ
ޕިންކްވިލާ އިން ބުނީ މިއީ ސަނީގެ ސިގްނޭޗާ ސްޓައިލްގައި ގެނެސްދޭން ހަމަޖެހިފައިވާ ވަރަށް ވަރުގަދަ އެކްޝަން ފިލްމެއް ކަމަށާއި މީގެ ޑައިރެކްޓަރަކީ ވަރަށް ކާމިޔާބު ގިނަ ތަމަޅަ ފިލްމުތަކެއްގައި އެސިސްޓަންޓް ޑައިރެކްޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ބާލާޖީ ކަމަށެވެ.
އެހެންވެ ސަނީ ހިމަނައިގެން ހަދާ ފިލްމު ވާނީގެ އޭނަގެ އަލަތު ޑައިރެކްޝަނަށެވެ. މި ފިލްމަކީ އެކްސަލްގެ ފިލްމެއްގައި ސަނީ މަސައްކަތް ކުރާނެ ފުރަތަމަ ފަހަރު ވެސް މެ އެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި ބޮޑު ބަޖެޓަކުން ހަދަން ނިންމާފައިވާ ފިލްމުގެ ޝޫޓިން މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފަށަން ޕްލޭން ކުރަމުން އަންނަ ކަމަށެވެ.
ސަނީ، 67، މިހާރު "ބޯޑާ 2" ގެ މަސައްކަތް ކުރަމުން އަންނަ އިރު، އޭނަގެ ކުރިއަށް ހުރި ފްރޮޖެކްޓްތަކުގެ ތެރޭގައި ޝޫޓިން ނިންމާފައި އޮތް "ލާހޯރް، 1947" އާއި "ރާމާޔަން" ގެ ދެ ބަޔާއި ސިދާތު ޕީ މަލްއުތުރާ ޕްރޮޑިއުސްކުރަން ހަމަޖެހިފައިވާ އެކްޝަން ތުރިލާއެއްގެ އިތުރުން މި އަހަރުގެ އެޕްރީލްގައި ރިލީޒްކުރި "ޖާޓް" ގެ ސީކްއެލް ހިމެނެ އެވެ.
ސަނީ އަށް އަލަށް ފިލްމެއް ހުށަހެޅި އެކްސަލް އަކީ މިހާތަނަށް ވަރަށް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ސްޓޫޑިއޯއެކެވެ. އޭގެ ތެރޭގައި 'ދިލް ޗާތާ ހާ'، 'ރޮކް އޯން'، 'ޑޮން' ފްރެންޗައިޒް، 'ޒިންދަގީ ނާ މިލޭގީ ދުބާރާ'، 'ގަލީ ބޯއި'، 'ދިލް ދަޅަކް ނޭ ދޯ'، 'ލަކްޝް' އަދި "ހަނީމޫން ޕްރައިވެޓް ލިމިޓެޑް" ހިމެނެ އެވެ.
އެ ސްޓޫޑިއޯގެ އެންމެ ފަހުގެ ފިލްމަކީ ފެބްރުއަރީގައި ގެނެސްދިން 'ސުޕަ ބޯއިސް އޮފް މަލެގާއޯ' އެވެ.