Last Updated: July 12, 22:47
Monday, July 13, 2026
ޚަބަރު

އަންހެނެއްގެ ފޯނު ފޭރިގަތް ބިދޭސީއަކު ހައްޔަރުކޮށްފި

ފޯނު ފޭރުނު ބިދޭސީ މީހާ

މާލޭގައި މަގުމަތީގައި ހިނގާފައި ދިޔަ އަންހެނެއްގެ އަތުން ފޯނެއް ފޭރިގަތް ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ބޮޑުރަސްގެފާނު މަގުގައި ހުންނަ ގަލޮޅު ސެންޓްރަލް މާޓު ކައިރިން ދިޔަ އަންހެނެއްގެ ފޯނު ފޭރުނު މައްސަލައެއް މިއަދު މެންދުރުފަހު 3:19 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 28 އަހަރުގެ ކުލްދީޕް ސިންހް ނަމަކަށް ކިޔާ މީހަކު ހައްޔަރުކޮށް، އަންހެން މީހާގެ ފޯނު ހޯދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.