Last Updated: July 12, 22:47
Monday, July 13, 2026
ޚަބަރު

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

‎ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

އެއީ އަމިއްލަ ދަތުރުފުޅެއް ކަމަށް ވާތީ ރައީސް އޮފީހުން އެއްވެސް ތަފުސީލެއް ނުދެ އެވެ.

ނުރަސްމީ ދަތުރުފުޅެއްގައި މީގެކުރިން ވެސް ރައީސް ސިންގަޕޫރަށް ވަޑައިގެންފައިވެ އެވެ. އަދި އިނގިރޭސިވިލާތަށް ވެސް މިދިޔަ އަހަރުގެ ފަހުކޮޅު ރައީސް ނުރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ.