Last Updated: August 2, 14:02
Saturday, August 2, 2025
ޚަބަރު

ގޭންގް ގާނޫނު ތަންފީޒު ކުރަން ތައްޔާރުވާތީ ޓްރެއިނިންއެއް

ފުލުހުންނަށް ހާއްސަކޮށްގެން ހިންގި “އޮޕަރޭޝަނަލް ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމް 1” ގެ ނަމުގައި ކުރިއަށް ގެންދިޔަ އެންހެންސްމަންޓް ޓްރެއިނިން ނިންމާލައިފި އެވެ.

އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން އެވެ.

މި ޓްރެއިނިން ޕްރޮގްރާމަކީ ގޭންގް ގާނޫނު ތަންފީޒުކުރަން ގާތްވެފައިވާތީ، ގޭންގު ކްރައިމް އެންފޯސްމަންޓުން ތައްޔާރުވުމަށް ކުރިއަށް ގެންދިޔަ ޓްރެއިނިންއެކެވެ.

މި މަހުގެ 5-25 އަށް މާލެ އާއި ދޫނިދޫގައި ކުރިއަށް ގެންދިޔަ ޓްރެއިނިންގައި ބައިވެރިވީ ގޭންގު ކްރައިމް ސަޕްރެޝަންގެ އޮޕަރޭޝަނަލް މަސައްކަތްކުރާ ފުލުހުންނާއި ކައުންޓަ-ނާކޮޓިކްސް އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ ފުލުހުންނެވެ.

ޓްރެއިނިންގައި، ބޭސިކް ކްރައިސިސް ނެގޯސިއޭޝަން، ޓެކްޓިކަލް ސްވިމިން ޓެކްޓިކްސް، ރެޕެލިން އެންޑް ކްލައިމްބިން ސްކިލްސް، ޓެކްޓިކަލް ބްރީޗިން، ހޭންޑް ޓު ހޭންޑް ކޮމްބެޓް، އެންޓްރީ އެންޑް ކްލިއަރިން ޓެކްޓިކްސް އަދި މި ހުރިހާ ބައިތައް ހިމެނޭހެން ފައިނަލް ސިނޭރިއޯ އެކްސްސަސައިޒްތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

ޓްރެއިނިން ބޭއްވީ ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ސްވޮޓް ޓީމުގެ ފަރާތުންނެވެ.