Last Updated: August 2, 14:02
Saturday, August 2, 2025
ޚަބަރު

އާރްޑީސީގެ އާ އެމްޑީ އަކީ ނަޒީމް

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑައިރެކްޓަރަކަށް އިބްރާހީމް ނަޒީމް އައްޔަންކޮށްފި އެވެ.

އޭނަ އެ މަގާމަށް އައްޔަންކުރީ ކުރިން އެ ކުންފުނީގެ އެމްޑީއަކަށް ހުންނެވި އަހުމަދު ޒުހައިރު އިއްޔެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެމްޑީއަކަށް އައްޔަން ކުރުމާ ގުޅިގެންނެވެ.

ޒުހައިރު އެޗްޑީސީގެ އެމްޑީއަކަށް އައްޔަންކުރީ އެ މަގާމުގައި ހުންނެވި މައުރޫފު ޖަމީލު އިއްޔެ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އާރްޑީސީގެ އެމްޑީއަކަށް އައްޔަންކުރި ނަޒީމް އެންމެ ފަހުން ހުންނެވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ. އޭނާ އެ މަގާމަށް އޭނަ އައްޔަންކުރީ ނޮވެމްބަރު 21، 2023 ގަ އެވެ.