Last Updated: August 2, 14:02
Saturday, August 2, 2025
ޚަބަރު

އެމްޑީޕީގެ ރަން ރީނދޫ ދުވުން މާދަމާ

ދެ ފަހަރެއްގެ މަތިން ފަސްކުރަން ޖެހުނު އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ބާއްވަން ނިންމި ރަން ރީނދޫ ދުވުމުގެ ފުރަތަމަ ބުރު މާދަމާ ބާއްވަން ތައްޔާރުވެއްޖެ އެވެ.

މާލެ ސަރަހައްދަށް ހާއްސަކޮށްފައިވާ މި ދުވުން އޮންނާނީ މާދަމާ ހަވީރު ހުޅުމާލޭގަ އެވެ. އެމްޑީޕީން ވަނީ މި ދުވުމުގައި ޕާޓީގެ ވީހާ ވެދސް ގިނަ މެންބަރުންނާއި ޑިމޮކްރަސީ އަށް ލޯބިކުރާ ގިނަ ބަޔަކު ބައިވެރިވާން ވެސް އެދިފަ އެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކް ސަރަައްދުން ހަވީރު 4:00 ގައި ފަށާ މި ދުވުން އެންމެ ފުރަތަމަ ބާއްވަން ނިންމީ ވެސް ހުޅުމާލޭގަ އެވެ. އެއީ މި މަހުގެ 18 ގަ އެވެ. ނަމަވެސް އެ ދުވުން އެތަނުގައި ބާއްޗަން އެޗްޑީސީން ހުއްދަ ނުދިނުމުން މިދިޔަ ހުކުރު ދުވަހު މާލޭގައި ދުވުން ބާއްވަން އެމްޑީޕީން ނިންމި އެވެ.

ނަމަވެސް ދުވުމަށް އެއް ދުވަށްވެފައި ވަނިކޮށް އެ ޕާޓީން ބުނީ ދުވުން އަންނަ މަހު 1 އަށް ފަސްކޮށް، ހުޅުމާލޭގައި ބާއްވަން ފުރުސަތު ލިބިފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމީ ދުވުން ބާއްވަން އެޗްޑީސީން ހުއްދަ ދިނުމާއި ފުލުހުންގެ އެހީތެރިކަމާ ވެސް އެކު ދުވުން ބާއްވަން ހަމަޖެހުމުން ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ މި ދުވުމަކީ އެ ޕާޓީގެ ދަންމަރެއް ހިފައިގެން ރާއްޖޭގެ ކޮންމެ ރަށެއްގައި ބާއްވަން ހަމަޖެހިފައިވާ ދުވުމެކެވެ. އެގޮތުން ހއ. ތުރާކުނުން ފެށިގެން އައްޑުއާ ހަމަައަށް ދަންމަރު ގެންދާނެ އެވެ.

ދުވުން އެއްކޮށް ނިންމަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މެއި މަހު އެވެ.