މިދިޔަ ބޮޑު އީދު ތެރޭގައި ވިޒިޓް މޯލްޑޮވްސް ދައުވަތަކަށް ރާއްޖެ އައި ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ކޮރިއޮގްރާފަރު ފަރާ ޚާން، އޭނަގެ ކައްކާ ދިިލިޕް ގޮވައިގެން ރާއްޖެ އަށް ކުރި ދަތުރުގެ ވީޑިއޯ އޭނަގެ ޔޫޓިއުބް ޗެނަކަށް ދޫކޮށްލައިފި އެވެ
އެ ދަތުރުގެ އުސްއަލިތައް ހިމަނައިގެން ވީޑިއޯ ދޫކޮށްލީ 'ލެޓްސް ގޯ ވިތު ފަރާ އެންޑް ދިލި، މޯލްޑިވްސް ކާ ފުލް އެޑްވެންޗާ' ގެ ނަމުގަ އެވެ. މި ވީޑިއޯގައި އިންޑިއާ އިން އެ މީހުން ރާއްޖެ އަށް ފުރުމުގެ ކުރިންނާއި ރާއްޖޭގެ ދަރުރު ނިންމައިލާ ހިސާބާ ހަމައަސް ގެނެސްދޫފައިވ އެވެ.
ވިޒިބް މޯލްޑިވްސްގެ ދައުތަވަކަށް ފަރާ ރާއްޖެ އަށް ކުރި ދަތުރުގައި ރާއްޖޭހެ ލޯކަލް ޓޫރިޒަމްގައި އެންމެ ފާހަގަކޮށްލެވޭ ކަމަށްވާ ކ. މާފުއްޓަށް ކުރި ޒިޔާރުގެ ގިނަ މަންޒަރުތަކމެއް ވެސް ހިމަނާފައިވެ އެވެ.
ޝާހްރުކް ޚާނާ އެކު ކާމިޔާބު ފިލްމުތައް ކަމަށްވާ 'މޭ ހޫ ނާ' އާއި 'އޯމް ޝާންތީ އޯމް' އަދި 'ހެޕީ ނިއު އިޔާ' ގެނެސްދި ފަރާ އަކީ ކުރިން ވެސް އާއިލާއާ އެކީ އެތައް ފަހަރެއްގެ މަތިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ މީހެކެވެ. މި ފަހުން އޭނަގެ އެންމެ ހާއްސަ ކަމަކީ ގެންގުޅޭ ކައްކާ ގޮވައިގެން ސެލެބްރިޓީންގެ ގޭގެ އަށް ގޮސް، ތަފާތު ކާ އެއްޗެހި ތައްޔާރުކޮށް، އެ އެއްޗެހި ތަޖުރިބާކުރާ މަންޒަރު ވަރަށް މަޖާކޮށް ގެނެސްދިނުމެވެ.
މިކަމާ ގުޅިގެން ފަރާގެ ކައްކާ ދިިލިޕަށް ވެސް މިހާރު ވަަށް ބޮޑު މަޝްހޫރު ކަމެއް ލިބިފައިވެ އެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ރާއްޖެ އަކީ ދިލިޕް އިންޑިއާ އިން ބޭރަށް ކުރި ފުރަތަމަ ދަތުރު ވެސް ކަމެވެ.