Last Updated: August 2, 14:02
Saturday, August 2, 2025
ޚަބަރު

އެޗްޑީސީގެ ޑީއެމްޑީ ވެސް އިސްތިއުފާ ދީފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަޔާޒް މަންސޫރު ވެސް އިސްތިއުފާ ދީފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ގައި މަގާމަށް އައްޔަންކުރި އަދި ޖެނުއަރީ މަހުގެ 5 ގައި އޮފީހަށް ނުކުންނަވަން ފެއްޓެވި ފަޔާޒް އިސްތިއުފާ ދެއްވީ މިއަދެވެ.

އާކިޓެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި ފަޔާޒަކީ ކުއަންޓިޓި ސާވޭ އިން ޑިގްރީ ހައްދަވާފައިވާ ބޭފުޅެކެވެ. އަދި އޭނަ ބިލްޑިން ސައިންސް އިން މާސްޓާސް ހެއްދެވީ ނިއުޒިލެންޑުގެ ވިކްޓޯރިއާ ޔުނިވާސިޓީންނެވެ.

ފަޔާޒް ޑީއެމްޑީގެ މަގާމުން އިސްތިއުފާ ދެއްވި އިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ގައި އެޗްޑީސީގެ އެމްޑީއަކަށް އައްޔަންކުރި މައުރޫފު ޖަމީލު އިއްޔެ ވަނީ އިސްތިއުފާ ދެެއްވައިފަ އެވެ. އޭނަ އިސްތިއުފާ ދެއްވީ ރިޓަޔަކުރައްވަން ނިންމަވާފައި ވަނިކޮށެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މައުރޫފު އިސްތިއުފާ ދެއްވީ ސަރުކާރުގެ ޕްރެޝަރުތަކަކާ ހެދި އެވެ.