Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

އަބްދުއްރަހުމާން މަރުވީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން

ދާދި ފަހުން އއ. މާޅޮހުގައި މަރާލި އަބްދުއްރަހްމާން އާދަމް މަރުވީ އޭނާގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް އޮޓޮޕްސީ ވަގުތީ ރިޕޯޓުން އެނގިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެކަން ހިއްސާކުރި ނަމަވެސް އިތުރު ތަފުސީލުތަކެއް ނުދެ އެވެ.

އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން މަރުވި އޭނަ ނިދާފައި އޮއްވައި މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ބޮލަށް އެއްޗަކުން ދިން ހަމަލާއެެއްގަ އެވެ.

މި ހާދިސާ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު، މިހާތަނަށް އަދި އެއްވެސް މީހަކު ތުހުމަތުގައު ހައްޔަރުކޮށްފައެއް ނުވެ އެވެ.