Last Updated: June 5, 19:20
Friday, June 5, 2026
ޚަބަރު

ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ޙާއްސަ ފުޓްސަލް މެޗެއް މިރޭ

އައްޑޫ ސިޓީ، ހިތަދޫ އަދި ފޭދޫގެ ޒުވާނުންގެ މެދުގައި ކުޅޭ ހާއްސަ ފުޓްސަލް މެޗެއް މިރޭ އޮންނާނެ އެވެ.

މިރޭ 08:45 ގައި ފޭދޫ ފުޓްސަލް ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗަކީ، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ދެ ރަށުގެ ޒުވާނުން އިސްނަގައިގެން ބާއްވާ މެޗެއް ކަމަށް މައުލޫމާތު ލިބެއެވެ.

ހިތަދޫ އާއި ފޭދޫ އަކީ ފުޓްބޯޅައިގައި ވެސް، އައްޑޫ ސިޓީއަށް ބަލާއިރު އެންމެ ވާދަވެރި ދެ ޓީމު ކަމަށް ވުމުން މިރޭ ކުޅޭ ފުޓްސަލް މެޗް ވެސް ވަރަށް ފޯރިގަދަ ވާނެ ކަމަށް ބެލެވެއެވެ.

މިރޭގެ މެޗް ބައްލަވާލެއްވުމަށް ވީހާވެސް ގިނަބަޔަކު ވަޑައިގެން ދެއްވުމަކީ މި މެޗް އިންތިޒާމްކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ.