Last Updated: July 12, 22:47
Sunday, July 12, 2026
ޚަބަރު

ރައީސަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ސޯޝަލް މީޑިއާގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ރައީސް މަރުގެ އިންޒާރު ދީފައިވަނީ މަސްތުވާތަކެތި އެތެރެކޮށް އަދި ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ރައީސް މުއިއްޒު އެންގެވި ހަބަރާއި ގުޅިގެންނެވެ.

ފޭސްބުކްގައި ރައީސަށް މަރުގެ އިންޒާރު ދީފައިވަނީ މަސީހު މޫސާ ނަމަކަށް ކިޔާ މީހެކެވެ.

ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ރައީސް މުއިއްޒަށް ނިސްބަތްކޮށް މަރުގެ އިންޒާރު ދިން މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރައީސް މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ތަހުގީގު ކުރަމުންދާއިރު، ރައީސް މިވަގުތު ހުންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރުގަ އެވެ.