Last Updated: August 3, 11:09
Sunday, August 3, 2025
ޚަބަރު

ރައީސަށް މަރުގެ އިންޒާރު ދިން މީހާ ހައްޔަރުކޮށްފި

ސޯޝަލް މީޑިއާގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

ރައީސް މަރުގެ އިންޒާރު ދީފައިވަނީ މަސްތުވާތަކެތި އެތެރެކޮށް އަދި ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ރައީސް މުއިއްޒު އެންގެވި ހަބަރާއި ގުޅިގެންނެވެ.

ފޭސްބުކްގައި ރައީސަށް މަރުގެ އިންޒާރު ދިން މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރުކޮށްފައިވަނީ މަސީހު މޫސާ ،25، އެވެ. އޭނާގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

ރައީސް މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ތަހުގީގު ކުރަމުންދާއިރު، ރައީސް މިވަގުތު ހުންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރުގަ އެވެ.