Last Updated: August 1, 21:08
Friday, August 1, 2025
ޚަބަރު

ތަރިކައިން އާމްދަނީ ހޯދަން މަޝްވަރާކޮށްފި

ތަރިކައިން އާމްދަނީ ހޯދަން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އާރްޑީސީގެ އިސްވެރިންނާއެކު މަޝްވަރާކޮށްފި އެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ތަރިކައިން އާމްދަނީ ހޯދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ފެށުމަށް ބޭނުންވާ އެންމެ ފަހުގެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން ކަމަށެވެ.

އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްްވާފައިވާ، ޣާޒީ ރަދުންގެ އަސަރުތައް ދިރުވުމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވެ އެވެ.

ތަރިކަ ހިމާޔަތްކޮށް، ތަރިކައިން އާމްދަނީ ހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ގާއިމުކުރާ އިންޓަރެކްޓިވް މިއުޒިއަމްގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.