Last Updated: August 3, 11:21
Sunday, August 3, 2025
މުނިފޫހިފިލުވުން

'ހައުސްފުލް 5' އެމެޒޯން ޕްރައިމަށް

މިދިޔަ ޖޫން މަހުގެ ތެރޭގައި ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ބޮލީވުޑްގެ ފިލްމު 'ހައުސްފުލް 5' އެމެޒޯން ޕްރައިން ވީޑިއޯ އަށް ދޫކޮށްލައިފި އެވެ.

ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، ތަރޫން މަންސުކާނީ ޑައިރެކްޓްކޮށް ގެނެސްދިން މި ފިލްމަކީ ސާޖިދު ގެނެސްދެމުން އަންނަ ކޮމެޑީ ފްރެންޗައިޒް 'ހައުސްފުލް' ގެ ފަސް ވަނަ ބައެވެ.

މީގެ ކާސްޓްގައި އަކްޝޭ ކުމާރާއި ރިތޭޝް ދޭޝްމުކާއި ޖެކްލިން ފެނަންޑޭޒާއި އަބީޝެކް ބައްޗަނާއި ނަރްގިސް ފަޙްރީ އާއި ޑޯނީ މޯރިއާ އާއި ސަންޖޭ ދަތާއި ސޯނަމް ބަޖްވާ އާއި ޖެކީ ޝްރޮފާއި ނާނާ ޕަޓޭކަރާއި ޗިތުރަންގަދާ ސިންގް އާއި ފަރުދީން ޚާނާއި ޗަންކީ ޕާންޑޭ އާއި ޝްރެޔަސް ތަލްޕަޅޭ އާއި ސައުންދަރިއާ ޝަރުމާގެ އިތުރުން ޖޯނީ ލީވާ ހިމެނެ އެވެ.

"ހައުސްފުލް" ފްރެންޗައިޒްގެ ފުރަތަމަ ދެ ފިލްމު 2010 އާއި 2012 ގައި ގެނެސްދިނީ ސާޖިދު ޚާން ޑައިރެކްޓްކޮށެވެ. "ހައުސްފުލް 3" ސާޖިދު-ފަރުހާދު ޑައިރެކްޓްކޮށް ގެނެސްދިނީ 2016 ގަ އެވެ. އަދި "ހައުސްފުލް 3" 2016 ގައި ގެނެސްދިނީ ފަރުހާދު ޑައިރެކްޓްކޮށެވެ.

މި ހަތަރު ފިލްމު ވެސް ވަރަށް ކާމިޔާބެވެ.