Last Updated: August 3, 11:09
Sunday, August 3, 2025
ޚަބަރު

ޑަބްލިއުއެޗްއޯގެ އެވޯޑްތަކަކަށް ހުޅުވާލައިފި

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ އެވޯޑްތަކަށް ކުރިމަތިލާން ރާއްޖޭހެ ޖަމިއްޔާތަކަށް ހެލްތު މިނިސްޓްރީން ހުޅުވާލައިފި އެވެ.

ކުރިމަތިލާން ހުޅުވައިލި އެވޯޑްތަކަކީ:

* އިހްސާން ޑޮގްރަމަސީ ފެމިލީ ހެލްތު ފައުންޑޭޝަން ޕްރައިޒް
* ސަސަކަވާ ހެލްތު ޕްރައިޒް
* ޔުނައިޓެޑް އަރަބް އެމިރޭޓްސް ހެލްތު ފައުންޑޭޝަން ޕްރައިޒް
* ސްޓޭޓް އޮފް ކުވައިތު ހެލްތު ޕްރޮމޯޝަން ފައުންޑޭޝަން، "ހިޒް ހައިނެސް ޝައިޚް ޞަބާޙް އަލް-އަޙްމަދް އަލް-ޖާބިރް އަލް-ޞަބާޙް ޕްރައިޒް ފޮރ ދަ ޕްރޮމޯޝަން އޮފް ހެލްތީ އޭޖިން"
* ޑރ. ލީ ޖޮންގ-ވޫކް މެމޯރިއަލް ޕްރައިޒް ފޮރ ޕަބްލިކް ހެލްތު
* ނެލްސަން މަންޑެލާ އެވޯޑު ފޮރ ހެލްތު ޕްރޮމޯޝަން

މިނިސްޓްރީން ބުނީ މިއިން ކޮންމެ ކެޓަގަރީއަަކަށް ރާއްޖޭގެ އެއް ޖަމިއްޔާއަަކަށް ކުރިމަތިލެވޭނެ ކަމަށެވެ. ނަން ހުށަހަޅާ އިރު އެ ފަރާތްތަކުން ކޮށްފައިވާ މަސައްކަތްތަކާއި ހުށަހަޅާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރާނެ އެވެ.

އެހެންވެ އެވޯޑްތަކަށް ކުރިމަތިލާން ޝައުގުވެެރިވާ ޖަމިއްޔާތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 30 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

އެވޯޑްތަކާ ބެހޭ އިތުރު މައުލޫމާތު މި ލިންކް apps.who.int/gb/awards އިން ހޯދޭނެ އެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހެލްތުމިނިސްޓްރީގެ ޕޮލިސީ އިމްޕްލިމެންޓޭޝަން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިވިޝަންގެ ނަމްބަރު 3014375 އިން ހޯދޭނެ އެވެ.