Last Updated: August 3, 11:09
Sunday, August 3, 2025
ޚަބަރު

އެމްޑީޕީގެ "ރަން ރީނދޫ" ދުވުން ބާއްވައިފި

އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން "ރަން ރީނދޫ" ގެ ނަމުގައި ހާއްދަ ދުވުމެއް ބާއްވައިފި އެވެ.

މިއަދު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގުގެ އެއް ލޭނުގައި ބޭއްވި މި ދުވުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ހިމެނޭހެން ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މި ދުވުމުގައި އެމްޑީޕީގެ ގިނަ އަދަދެއްގެ އާންމު މެމްބަރުން ވެސް ބައިވެރިވެފައިވެ އެވެ.

އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި މި ދުވުމަކީ އެ ޕާޓީގެ ދަންމަރެއް ހިފައިގެން ރާއްޖޭގެ ކޮންމެ ރަށެއްގައި ބާއްވަން ހަމަޖެހިފައިވާ ދުވުމެކެވެ. އެގޮތުން ހއ. ތުރާކުނުން ފެށިގެން އައްޑުއާ ހަމަައަށް ދަންމަރު ގެންދާނެ އެވެ.

ދުވުން އެއްކޮށް ނިންމަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މެއި މަހު އެވެ.