Last Updated: August 3, 11:21
Sunday, August 3, 2025
މުނިފޫހިފިލުވުން

ޖޯންގެ 'ތެހެރާން' ގެ ޓްރެއިލާ އާންމުކޮށްފި

ސިނަމާތަކަށް ނުގެނެސް، ޑިޖިޓަލް ޕްރީމިއާއަކަށް ދާން ނިންމި ޖޯން އަބްރަހަމްގެ ފުރަތަމަ ފިލްމު 'ތެހެރާން' ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ނިންމާފައި ވަނީ މި މަހުގެ 14 ގަ އެވެ.

'ތެރެހާން' އަކީ މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު ޕްރޮޑަކްޝަން ހައުސްތަކުގެ ތެރޭގައި ހިމެނޭ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކްސް ފިލްމް އިން ގެނެސްދޭ ފިލްމެކެވެ. މި އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ 'ސްކައި ފޯސް' އާއި 'ޗާވާ' ގެ އިތުރުން 'ބޫލް ޗުކް މާފް' ގެނެސްދިން ސްޓޫޑިއޯ އިން ދެންމެ އަވަހަށް ސިނަމާތަކަށް ގެންނާނެ ފިލްމަކީ މި މަހުގެ 29 އަށް ތާވަލުކޮށްފައިވާ 'ޕަރަމް ސުންދަރީ' އެވެ.

ޖޯންގެ "ތެހެރާން' އަކީ އަރޫން ގޯޕަލަން ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ. މީގެ ބަތަލާ އަކީ 2017 ގެ މިސް ވޯލްޑް މަނޫޝީ ޗިލާރެވެ.