Last Updated: August 3, 11:21
Sunday, August 3, 2025
ޚަބަރު

ފުވައްމުލަކުގައި މި މަހު ސީޓީ ސްކޭންގެ ހިދުމަތް ފަށަނީ

ފުވައްމުލަކު ހޮސްޕިޓަލުގައި މި މަހު ސީޓީ ސްކޭންގެ ޚިދުމަތް ފަށާނެ ކަމަށް ބުނެފި އެވެ.

އެކަމުގެ ތައްޔާރީތރަކުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ސީޓީ ސްކޭން މެޝިން އިންސްޓޯ ލްކުރުމުގެ މަސައްކަތެވެ. ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭން ހިދުމަށް ފެށުމުގެ މަސައްކަތްތައް ފެށީ 2023ގެ މެއި މަހުގެ ތެރޭގަ އެވެ.

އެގޮތުން އެ ޚިދުމަތް ފެށުމަށް، އިމާރާތައް ބައެއް ބަދަލު ގެނެސް، ޖާގަ އިތުރުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައިމިއީ 2.9 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.